އިކޮނޮމިކް މިނިސްޓްރީ، އެޗްޑީސީ އަދި ބީސީސީ އެއްބަސްވުމަކަށް

އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އެމްއޯޔޫ އެއްގައި ސޮއިކުރުން --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ކޮށްފިއެވެ.

މި އެމްއޯޔޫގެ މަގްސަދަކީ އެޗްޑީސީ އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުމާލޭގައި ހިންގާ ޕްރޮޖެކްތުތަކުގައި އެޗްޑީސީގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން އެޗްޑީސީ އިން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބައިވެރިވުމަށް މަގުފަހިކޮށް، އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދީ، ބީސީސީ އިން އިސްނަގައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ކުުރުމަސް ހޫޅުމާލޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގައި ކޮންސެޝަނަލް ރޭޓެއްގައި ޖާގަ ފޯރުކޮށްދޭނެއެވެ.

އެޗްޑީސީ އާއި ބީސީސީ ގުޅިގެން ކުދި އަދި މެދުފަންތީގެ ޕްރޮޖެކްޓުތައް ތަރައްގީ ކުރުމަށް މަސައްކަތްކޮށް އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީ އިން ހިންގަ ޕްރޮޖެކްޓުތަކަށް އެޗްޑީސީ އަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދުރު ރާސްތާގެ ޕްލޭންތައް އެކުލަވާލާ އެފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރުމަކީވެސް މި އެއްބަސްވުމުގެ މަގްސަދެކެވެ.

comment ކޮމެންޓް