ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި ---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ކުރި އިއުލާނުގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަޝްރޫއާ ގުޅޭ ޕްރީ ބިޑް މީޓިން މިމަހުގެ ނުވަ ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވަން ވަނީ ނިންމައިފައެވެ. ސައިޓް ވިޒިޓްވެސް އެދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން ކުރި އިއުލާނުގައި ބުންޏެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު 24 ނޮވެމްބަރުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބިޑް ސެެކިޔުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމް ކުރުމަށް ބިޑަށް ހުޅުވާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށައިފަ އެވެ. ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކަށް އަންނަ އަހަރުގެ ކުރީކޮޅު މީހުންނަށް ވަދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

comment ކޮމެންޓް