ދިރާގުން ހޮސްޕިޓަލިޓީ ސިނާއަތަށް ހާއްސަކޮށްގެން "އީކޯސިސް" ތައާރަފްކޮށްފި

ދިރާގުން "އީކޯސިސް"ގެ ނަމުގައި ހޮސްޕިޓަލިޓީ ސިނާއަތަށް އަމާޒުކޮށްގެން ކޮންމެހެން ބޭނުންވާ "މިޝަން ކްރިޓިކަލް" ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނެ ނިޒާމެއް ތައާރަފްކޮށްފި އެވެ.

ދިރާގު އީކޯސިސް އަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ހާއްސަކޮށްފައިވަނީ ރިސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއިފަސޭހަތަކެއް ލިބޭ ފަދަ ގޮތަކަށެވެ. އަދި މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ދިރާގުން ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާތަކާއި އެ ފަރާތްތަކުގެ ލަފަޔާ އެކީގަ އެވެ.

އީކޯސިސްގައި ހިމެނޭ ހާއްސަ ފަސް ހިދުމަތުގެ ތެރޭގައި ހިމެނެނީ؛

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔާ ސާވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔާ އެލާމް މޮނިޓަރިން ހިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ހިދުމަތެކެވެ. އެހެންކަމުން އީކޯސިސް ލިބޭ ކޮންމެ ތަނެއްގައި ވެސް، މި ހިދުމަތް ލިބި ލިބި ހުންނާނެ އެވެ. އަދި ފަޔާ ސާވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާ އެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް ފެށޭނެ އެވެ.

ލޮކޭޝަން ބޭސްޑް ސާވިސަސް

ލޮކޭޝަން ބޭސްޑް ސާވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރެވޭނެ އެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސާ އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނީޓާ ކުރެވޭނެ އެވެ. އަދި ލައިވް ފީޑްގެ ރިކޯޑިންގް ހަދައި، ފަހުން ބަލާލެވޭނެ އެވެ.

އޯޑިއޯ ހިދުމަތް

ދިރާގު އީކޯސިސް ހޮސްޕިޓަލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް ވަނީ އެކުލަވާލާފަ އެވެ. މި ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދައި، ބެކްގްރައުންޑް މިއުޒިކް އަދި ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެ އެވެ.

ޑްރޯން ޑިޕްލޮއިމެންޓް ހިދުމަތް

ދިރާގު އީކޯސިސް ޕްލެޓްފޯމްގެ އެހެނިހެން ހިދުމަތްތަކާއެކު މި ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ހިދުމަތުން އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަކަމެއް ލިބި، އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެންދެ އެވެ. ޑްރޯން ހިދުމަތުގައި އަމިއްލައަށް ފްލައިޓް ކޮންޓްރޯލް ކުރުމުގެ ނިޒާމު އެކުލެވިގެންވެ އެވެ. އަދި މި ކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސްއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަތުން ނުވަތަ "އިންޓްރޫޑާ ޑިޓެކްޝަން"

މި ހިދުމަތުގައި ހިމެނޭ "ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލައި، އެފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެ އެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އައު އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް