އުރީދޫ އެމްފައިސާއިން މީރާއަށް ފައިސާ ދެއްކޭ އިންތިޒާމު ހަމަޖައްސައިފި

އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތް އެމްފައިސާ މެދުވެރިކޮށް މީރާގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫއިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކައި، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ. އަދި އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ވެސް އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް، 'ވާރު ޕޭ'ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

ވާރު ޕޭގައި އެމްފައިސާ އޮޕްޝަން މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތަކީ 'ވާރު ޕޭ' އެޕްލިކޭޝަނުން ފައިސާ ދައްކަން ބޭނުންވާ ފީ ހިޔާރުކޮށް، މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ފައިސާ ދައްކާ އޮޕްޝަންތަކުން އެމްފައިސާ އޮޕްޝަން ހިޔާރު ކުރާނީ އެވެ. އަދި އެމްފައިސާ ނަންބަރު ޖެހުމަށްފަހު ޕޭ ހިޔާރުކުރުމުން ފޯނަށް ލިބޭ އޯޓީޕީ ނަންބަރު އެންޓާ ކުރުމުން ފައިސާ ދެއްކޭނެ އެވެ.

އުރީދޫ އެމްފައިސާއަކީ ފައިސާ ޖަމާ ކުރުމަށާއި ފައިސާ ނެގުމަށާއި ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރި ކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު އަދި ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.

މީރާގެ ހިދުމަތްތަކުގެ އިތުރުން ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، މީޑިއާނެޓް އަދި އުރީދޫގެ ހިދުމަތްތައް ހިމެނޭ ގޮތަށް ތަފާތު އެކި ހިދުމަތްތަކުގެ ބިލްތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އަދި މި އެޕް މެދުވެރިކޮށް ބަރަކާތްތެރި ރަމަޟާން މަހު ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ތިރީގައިވާ ކަންކަން ފުރިހަމަކުރެއްވުމުން، އާ ކަސްޓަމަރުންނަށް، އުރީދޫ އެޕް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއި އެކު އެމް-ފައިސާއަށް ރެޖިސްޓަރ ކުރެއްވޭނެ އެވެ.

އެމްފައިސާ ހިދުމަތަށް އުރީދޫ އެޕްލިކޭޝަނުން ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި މި ހިދުމަތަށް ރަޖިސްޓްރީ ކުރާނެ ގޮތް އުރީދޫ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް