ދ. އަތޮޅު ހޮސްޕިޓަލުގައި ރޭ މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް، މިއީ 38 ވަނަ މަރު

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުއްޓާ ހާލު ބޮޑުވެގެނ އުމުރުން 60 އަހަރުގެ މީހަކު ރޭ ވަނީ ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ 9:45 އެހާކަންހާއިރު އޭނާ ވަނީ މަރުވެފަ އެވެ.

މިރޭ އެޗްޕީއޭއިން ބުނެފައި ވަނީ އެ މީހާ ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުންނެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި 38 ވަނަ މީހާ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 11،600އިން މަތީގަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 10،700އަށް ވުރެ ގިނަ އެވެ.

comment ކޮމެންޓް