"ބޫތު ޕޮލިސް"ގެ ޓީމު ޝޫޓިން އަށް ފުރައިފި

ފިލްމުގެ ތަރިންނާއި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު--- ފޮޓޯ: ރިޕަބްލިކް

ހޮރޯ ކޮމެޑީ ފިލްމު "ބޫތު ޕޮލިސް"ގެ ޝޫޓިން އަށް އެ ފިލްމުގެ ތަރިން ފުރައިފި އެވެ.

ސައިފް އަލީ ޚާން، ޔަމީ ގޯތަމް، އަރުޖުން ކަޕޫރު އަދި ޖެކަލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އަށް ތަރިން އިއްޔެ ފުރީ ޑޮލްހޫޒީއޯހައުޒީ އަށެވެ. އެއީ އިންޑިއާގެ ހިމާޗަލް ޕްރަދޭޝް ގައި ހުންނަ ފަރުބަދަތަކެކެވެ. ފިލްމުގެ ތަރިންނާއެކު ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އާއި ރަމޭޝް ތައުރާނީ ވެސް ވަނީ ހިމާޗަލް ޕްރަދޭޝް އަށް ގޮއްސައެވެ.

މި ފިލްމުގެ މަންޒަރުތައް އިންޑިއާގެ ސިޓީއެއްކަމަށްވާ ދަރަމްޝާލާ އަދި ޕަލަމްޕޫރުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރު ސިނަމާތަކުގައި އަޅުވަން އަމާޒު ހިފާފައިވާ މި ފިލްމަކީ ސައިފް އާއި އަރުޖުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.

ކުރިން މި ފިލްމު އިއުލާންކުރީ ސައިފް، އަލީ ފަޒަލް އަދި ފާތިމާ ސަނާ ޝެއިހް އާއެކުގަ އެވެ. ނަމަވެސް ފިލްމުގެ ކާސްޓުން ބަދަލުކޮށް ކާސްޓު މިހާރު މިވަނީ ފައިނަލް ވެފަ އެވެ.

comment ކޮމެންޓް