ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24 އަށް އަރައިފި

ބިންހެލުމުގައި އިޒްމީރުގެ އިމާރާތްތަށް ވެއްޓިފައި

އިޒްމީރު (އޮކްޓޯބަރު 31) : ތުރުކީ ހުޅަނގު އައްސޭރީގައިވާ އެޖިއަން ކަނޑަށް ރެކްޓާ މިންގަނޑުން 6.6ގެ ބާރުމިނުގައި އިއްޔެ ހަވީރު އައި ބިންހެލުމުގައި މަރުވި މީހުންގެ 24 އަށް އަރައިފި އެވެ.

ތުރިކީގެ އިމާޖެންސީއާއި ޑިޒާސްޓާރ އާ ބެހޭ އިދާރާއިން ބުނީ އެ ބިންހެލުމުގެ ގެއްލުން ލިބިފައިވަނީ އޭޖިޔަން ކަނޑުގެ އައްސޭރީގައިވާ އިޒްމީރު ސިޓީއަށެވެ. އިޒްމީރު ސިޓީގެ 20 އިމާރާތެއް އެއްކޮށް ބިމާހަވެ އެތައް ސަތޭކަ އިމާރާތެއްގައި ރެނދުއަޅާފައިވާ ކަމަށާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމުގައެވެ. އެ ހާދިސާގައި 800 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްް ސަތޭކަ ބަޔަކު ތާށިވެފައިވާ ކަމުގެ ބިރުވަނީ ހީވެފަ އެވެ.

އިޒްމީރަށް ސުނާމީ އަރަނީ މީހުން ސަލާމްތްކުރުމަށް މަސައްކަތްކުރާ ފަންނީ ގުރޫފްތަކުން ގެންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ ކަމަށް ބެލެވޭ މީހުން ހޯދައި އެމީހުން ނެގުމަށް ކަމާބެހޭ އާލާތްތަށް ބޭނުންކޮށްގެން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ބިންހެލުމާއެކު އިޒްމީރަށްވަނީ ސުނާމީ ބޮޑުރާޅެއްވެސް އަރާފަ އެވެ. ބިންހެލުމުގެ އަސަރު އޭޖިޔަން ކަނޑުގެ އަނެއްފަޅީގައިވާ ގްރީސްގެ ވެރިރަށް އެތެންސަށާއި އެނޫންވެސް ބައެއް ތަންތަނަށް ކޮށްފައިވެ އެވެ. ބިންހެލުމާއެކު އޭޖިޔަން ކަނޑުގައިވާ ގްރީސްގެ ރަށްތަކަށް ސުނާމީގެ އިންޒާރު ދިނެވެ. ނަމަވެސް ސުނާމީ ގޮތަށް ބޮޑުރާޅެއް އިޒްމީރު ފިޔަވައިއ އެހެންތަނަކަށް އަރާފައެއް ނުވެ އެވެ.

ގްރީސްގެ މައި ބަނދަރު ކައިރި އަށާއި ބައެއް އެހެން ހިސާބުތަކަށް އާދައިގެ ރާޅުއަރައި މަގުތަކުގައި ލޮނުގަނޑު ބޮޑުވި އެވެ. ނަމަވެސް ސުނާމީ ފެންވަރުގައެއް ނޫނެވެ. ބިންހެލުންއައިކަމަށް ތުރުކީގެ ސައިސްމޮލޮޖިކަލް ސެންޓަރުން ބުނަނީ އެޖިއަން ކަނޑުގެ 16.5 ކިލޯމީޓަރު އަޑިއަށެވެ. ތުރުކީގައި ތިންވަނައަށް އެންމެ ބޮޑު ސިޓީއަކީ އިޒްމީރެވެ. އެސިޓީގައި 4.5 މިލިޔަން މީހުންގެ އާބާދީއެއް އޮވެއެވެ.

ބިންހެލުމުގެ ކުރިން އިޒްމީރު ސިޓީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންވަނީ ބިންހެލުމުގެ ސަބަބުން ގެއްލުންލިބުނު ފަރާތްތަކަށް އެހީތެރިވުމަށް އެގައުމުގައިވާ ހުރިހާ ވަސީލަތްތަކަކާއެކު ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުން ހަރަކާތްތެރިވާން ފަށާފައި ކަމަށް ވިދާޅުވެ ކެތްތެރިވުމަށް ރައްޔިތުންނަށް އިމްތިމާސް ކުރައްވާފައެވެ. އިޒްމީރާ ކައިރި ޕްރޮވިންސްތައް ކަމުގައިވާ އުޝާކް، ޑެނިޒްލީ، މަނީސާ، ބެލިކަސީރް، އަދި މުގްލާއަށް ވެސް ވަނީ ބިންހެލުމުގެ ސަބަބުން ބައެއް ގެއްލުންތަށް ލިބިފައެވެ.

ތުރުކީއަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ގައުމެކެވެ. ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު މަރުވި ބިންހެލުމެއް ތުރުކީއަށް އައީ 1999 ވަނައަހަރުގަ އެވެ. އެ އަހަރު އިޒްމީރަށް އައި ބިންހެލުމުގައި 17 ހާހަށް ވުރެ ގިނަ މީހުން މަރުވެ 30 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. (އަނަތޯލިޔާ)

comment ކޮމެންޓް