ބައިޑެންގެ ކެމްޕޭންގެ ޑޮނޭޝަންތަކަށް ފޭސްބުކާހެދި ހުރަސްތަކެއް

ޖޯ ބައިޑެން--

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓް ޖޯ ބައިޑެންގެ ކެމްޕޭން ޑޮނޭޝަންތަކަށް ފޭސްބުކާހެދި ހުރަސްތަކެއް ކުރިމަތިވެއްޖެެެ އެވެ.

ޖޯގެ ކެމްޕޭން ޓީމުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުވެސް 500،000 އެއްހާ ޑޮލަރުގެ ޑޮނޭޝަންތައް ނުލިބުނު ކަމަށެވެ. އަދި އެހެންވީ ފޭސްބުކް އިޝްތިހާރުކުރުމުގައި ގެންގުޅޭ ސިސްޓަމާހެދި އިޝްތިހާރުނުކުރެވިގެން ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

ފޭސްބުންއިން ބުނީ ޓެކްނިކަލް މައްސަލަތަކާ ހުރެ ބައެއް އެޑްތައް އިޝްތިހާރުކުރުމުގައި ހުރަސްތަކާ ކުރިމަތިވި ކަމަށެވެ. އަދި އެ މައްސަލަ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންއަށް ވެސް ކުރިމަތިވި ކަމަށް ވަނީ ބުނެފަ އެވެ.

ބައިޑެން ކެމްޕޭންއިން މީގެ ކުރިން ވަނީ ފޭސްބުކްއަށް ފާޑުކިޔައިފަ އެވެ. އެގޮތުން ސިޔާސީ އެޑްތަކުގައި ދޮގުވާހަކަތަައް ހިމެނޭގޮތަށް އިޝްތިހާރުކުރެވޭތީ ބައިޑެން ވަނީ ނުރުހުންވެލައްވައިފަ އެވެ. އެމަނިކުފާނުގެ ވިދާޅުވީ އޭގެ ސަބަބުން އިދިކޮޅު ކެންޑިޑޭޓް ޓްރަމްޕްއަށް ފައިދާ ލިބޭކަމަށެވެ. ފޭސްބުކް އިން މިދިޔަ އަންގާރަ ދުވަހު ބުނީ ވަކި ޕާޓީއަކަށްވާތީ އެއްވެސް ކެންޑިޑޭޓެއްގެ އެޑަށް ހުރަސް ނާޅާ ކަމަށެވެ.-- ސީއެންއެން--

comment ކޮމެންޓް