މިއަދު 27 މީހަކު ކޮވިޑްއަށް ޕޮޒިޓިވްވި، ރަނގަޅުވީ 46 މީހުން

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު 27 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު 46 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި 11 ބިދޭސީންނެވެ.

އެ 27 މީހުންގެ ތެރެއިން ނުވަ މީހުންނަކީ މާލެ ނޫން ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،643އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 46 މީހުންނާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 10،779 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 820 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ވަނީ 259 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 37 އެވެ.

comment ކޮމެންޓް