"ހީރޯޕަންތީ 2"ގައި ޓައިގާ އާއެކު ފެނިގެންދާނީ ތާރާ

ހީރޯޕަންތީ 2 އިން ޓައިގާ އާއެކު ފެނިގެންދާނީ ތާރާކަން މިހާރު މިވަނީ ޔަގީންވެފައި---

ޓައިގާ ޝްރޮފް ފިރިހެން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2"ގެ ބަތަލާ ގެ ރޯލު ކުޅޭނީ ތާރާ ސުތައިރާ ކަން ކަށަވަރުވެއްޖެއެވެ.

ތާރާ އަކީ މިދިޔަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޑް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާއެކެވެ. މި ފިލްމުގެ ފިރިހެން ބަތަލުގެ ރޯލު ކުޅުނީ ވެސް ޓައިގާ އެވެ.

ހީރޯޕަންތީ 2 އިން ޓައިގާއާއެކު ފެނިގެންދާނީ ދިޝާކަމަށް ކުރިން އަޑުފެތުރު ނަމަވެސް ފަހުން މީޑިއާތަކުން ރިޕޯޓްކުރީ މި ފިލްމުން ޓައިގާއާއެކު ފެނިގެންދާނީ ސާރާ ނޫނީ ކެޓްރީނާ ކަމެވެ. ނަމަވެސް މިހާރު މި ފިލްމުން ފެނިގެންދާނީ ތާރާ ކަން މިވަނީ ޔަގީންވެފައެވެ. ފިލްމުގެ ޝޫޓިން ޑިސެމްބަރު މަހު ފެށުމަށް ވަނީ ނިންމާފަ އެވެ.

ތާރާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ސާޖިދު ސާ އާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާކަމަށާއި އޭނާއަށް އިތުބާރުކޮށް ފިލްމުގެ ލީޑު ރޯލު ކުޅެން ލިބުމުން ޝުކުރުއަދާކުރާކަމަށެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމި އިރު އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ޓައިގާ އެވެ. ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަން އެވެ.

comment ކޮމެންޓް