އަދިތްޔާ ރޯއީ އާއެކު މިފަހަރު ސަންޖަނާ

ސަންޖަނާ އާއި އަދިތްޔާ---

އަހްމަދު ޚާން ގެނެސްދޭ ފިލްމު "އޯމް"ގެ ތަރިންނަށް އަދިތްޔާ ރޯއީ ކަޕޫރާއި ސަންޖަނާ ސާންގީ ހަމަޖައްސައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުގެ ބަތަލަކަށް އަދިތްޔާ ހަމަޖެއްސިކަން ކުރިން ހާމަކުރި ނަމަވެސް ފިލްމުގެ ބަތަލާ އަކީ ކޮން ތަރިއެއްކަން ކުރިން ހާމަކޮށްފައެއްނުވެ އެވެ. ކުރިން މި ފިލްމަށް ތާރާ ސުތައިރާ ހަމަޖެއްސިކަމަށް ޚަބަރުތައް ބުނި ނަމަވެސް މިހާރު ގިނަ ރިޕޯޓްތައް ބުނާގޮތުގައި އަދިތްޔާއާއެކު މި ފިލްމުން ފެނިގެންދާނީ ސަންޖަނާ އެވެ.

ސުޝާންތު ސިންހް ރާޖްޕުތް އާއެކު "ދިލް ބޭޗާރާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ސަންޖަނާ އަކީ ކުރިން ބައެއް ފިލްމުތަކުގައި ކުދި ކުދި ރޯލުތައް ކުޅުނު ފަންނާނެކެވެ. ދިލް ބޭޗާރާ އަކީ އޭނާ ލީޑު ރޯލު ކުޅުނު ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ އެކްޝަން ފިލްމެކެވެ. ލޯބީގެ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ދެތަރިންވެސް އެކްޝަން މަންޒަރުތައް ކުޅުމަށް ޓްރެއިނިން ހަދާނެއެވެ.

comment ކޮމެންޓް