ލޯމިއާ މާމުއި: އާންމު ބަލިތަކަށް އޮތް އަވަސް ފަރުވާއެއް

ލޯމިއާ މާމުއި—

ރޯގާއަށާއި ގޭހުގެ މައްސަލަތަކަކީ ދިވެހިންގެ މެދުގައި އާންމު ސިއްހީ މައްސަލަތަކެކެވެ. ފުއްޕާމެއާއި ބަނޑުހަރުވާ މައްސަލަތަކަށް ޑޮކްޓަރީ ބޭހުން އެދެވޭ ނަތީޖާއެއް ނުލިބި އެތައް ބަޔަކު އެބަތިއްބެވެ. މިސަބަބައްޓަކައި ގިނަބަޔަކު ފަތްޕިލާވެލީގެ ބޭހުން ނުވަތަ ދިވެހި ބޭހުން ފަރުވާއެއް ހޯދުމަށް މަސައްކަތްކުރެ އެވެ.

ލޯމިއާ މާމުޔަކީ ގިނަބަޔަކު ތަޖުރިބާކޮށް ކުރުމުއްދަތެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިކަންކަމަށް ރަނގަޅު ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ މާމުޔެކެވެ. މިއީ ދިވެހި ބޭސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޭސް މާމުޔެކެވެ. މިގޮތުން ކަރުގެ ބަލިތަކަށާއި ފުއްޕާމެއަށް އަދި ޑިޕްރެޝަން ފަދަ މައްސަލަތަކައް ވެސް ވަރަށް ރަނގަޅުކަމައް މީހުން ފާހަގަކުރާ މާމުޔެއް ކަމުގައިވަނީ ވެފަ އެވެ.

މި ބޭސް މާމުއި ތައްޔާރުކުރަނީ ހިޖާމާގެ ފަރުވާ ދިނުމާއި ފަތްޕިލާވެލިބޭހުގެ ފަރުވާދެމުން އަންނަ، އެ ހިދުމަތާއި ދޭތެރޭ ގިނަބައެއްގެ އިތުބާރާއި ރުހުން ހޯދަމުން އަންނަ "ޝުބާސް ހިޖާމާ އެންޑް ހާބަލް ކްލިނިކު"ންނެވެ.

ޝުބާ ބުނި ގޮތުގައި ފަތްޕިލާވެލީގެ ބޭހުގެ އިލްމު އުނގެނުނީ އެކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރެގެން ނޫން ކަމަށާއި އެހެން ނަމަވެސް މިއީ ހިޖާމާއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އޭނާ ބުންޏެވެ.

"ކުޑައިރު ކޮންމެވެސް ވަރަކަށް މާމަމެން މިކަން ކުރި ތަން ފެނިފަ ހުރީ. އެކަމަކު އޭރަކު ޝައުގުވެރިކަމެއް އެއްވެސް ވަރަކަށް ނުހުރޭ. ހާބަލް މެޑިސިންއާއި ހިޖާމާއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ އަޅުގަނޑު ބޭނުންވީ އަޅުގަނޑަށް އެނގިފައިވާ މިންވަރަކުން އޭގެ ބޭނުން ހިފަން. ކަންދިމާކުރި ގޮތުން މިއަހަރުގެ ކުރީކޮޅު އައި ކޮވިޑްގެ ބަލިމަޑުކަމާއެކު މާލެއަށް ގެނައި ފުރަބަންދުގެ ސަބަބުން ބޭސްފަރުވާގެ ހިދުމަތް ހޯދުންވީ ދަތިކަމަކަށްވެފަ. ދެން އެދުވަސްވަރު އަޅުގަނޑު ހިތަށް އެރީ ރަނގަޅު ބޭހެއް ތައްޔާރުކުރެވޭތޯ ބަލަން. ބޭސް ތައްޔާރުކުރުމަށްފަހު އަމިއްލައަށް ބޭސްބޭނުންކޮށް އަދި އަޅުގަނޑުގެ އާއިލާ މީހުންނާއި ރައްޓެހިންނަށް މި ބޭސް ދީ އެމީހުންގެ ތެރެއިން އެއްބަޔަކަށް މި ބޭސް ރަނގަޅުކަމަށް ބުނެ އަޅުގަނޑަށް މިބޭސް ތައްޔާރުކުރުމަށް ހިތްވަރުދީ މި ބޭސް އަބަދުވެސް ލިބޭނެ ގޮތަށް ހަދައިދިނުމަށް އެދުމުން އަޅުގަނޑު ބޭނުންވީ ގިނަބަޔަކަށް މި ބޭސް ލިބޭނެ ގޮތަށް ތައްޔާރުކުރަން. އޭރު އެއްގޮތަކަށްވެސް ހިތަކަށް ނާރާ މިހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަކަށް.”ޝުބާ ބުންޏެވެ.

"ކޮވިޑްގެ ސަބަބުން ގެނައި ފުރަބަންދާއި ގުޅިގެން ހިޖާމާގެ ފަރުވާދިނުންވެސް މެދުކަނޑާލަން ޖެހުނު. ދަސްވެފައިހުރި [ފަތްޕިލާވެލީގެ ބޭހުގެ] އިލްމުން އަޖުމަ ބަލައިލަން ކުރި ކަމެއް މިއީ. މިހާރު އަޅުގަނޑު އެކިބަލި ތަކަށް ހާއްސަކޮށްގެން ތަފާތު 10 ވައްތަރުގެ ބޭސްމާމުއި ތައްޔާރުކުރަން. ބޭސް ތައްޔާރުކުރުމުގައި އަޅުގަނޑު މި ހޭދަކުރި މުއްދަތު ކުރުވިޔަސް، ގޯސް ފީޑްބެކެއް ނާދޭ. އަލްހަމްދުލިالله." ޝުބާ ބުންޏެވެ.

ޝުބާސް ހިޖާމާ އެންޑް ހާބަލް ކްލިނިކްގެ ވައިބާ ކޮމިއުނިޓީއަށް ލޯމިއާ މާމުއިގެ އަޖުމަ ބެލި މީހުން ފޮނުވާފައި ހުރި މެސެޖުތައް ފެންނަނީ ވަރަށް ވެސް ޕޮޒިޓިވްކޮށެވެ. ޑޮކްޓްރީ ބޭހުން ފަރުވާއެއް ނުލިބިގެން އުޅެނިކޮށް ފަރުވާ ލިބުނީ ލޯމިއާ މާމުއިން ކަމަށް ބައެއް މީހުން ބުނެ އެވެ.

"އަހަރެންގެ މަންމަ ބުނި ލޯމިއާ މާމުއި ބޭނުންކުރަން ފެށި ފަހުން ކުރިން ވާ ގޭސްޓްރިކް އަދި ބަނޑުގެ އުނދަގޫތަކަށް ލުޔެއް ލިބިއްޖެ ކަމަށް. އަދި މާމުއި ބޭނުންކުރަން ފެށިތާ ދެ ހަފުތާ ވެސް ނުވޭ."

"އަޅުގަނޑުގެ ދަރިފުޅު އަބަދުވެސް ވަރަށް ހޮޑުލާނެ. ޚާއްސަކޮށް ރޭގަނޑު ނިދަން އޮށޯތީމަ ނޫނީ ނުނިދުނީމަ. ޑޮކްޓަރަށް ވެސް ދެއްކިން ދެތިން ފަހަރަކު. ޓެސްޓް ހަދާފަ ވެސް މައްސަލައެއް ނެތް ކަމަށް ބުނީ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ލޯމިއާ މާމުއި ފެނިގެން ހިތަށް އެރީ އަޖުމަ ބަލައިލަން. އަލްހަމްދުލިﷲ! މިހާރު ހަފުތާއެއް މިވީ އިންޝާﷲ، އެންމެ ރެޔަކުވެސް ނުތެދުވޭ." ޝުބާސް ހިޖާމާ އެންޑް ހާބަލް މެޑިސިންގެ ވައިބަރ ކޮމިއުނިޓީއަށް މީހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ލޯމިއާ މާމުއި ވިއްކާ އަގަކީ 350 ގުރާމުގެ މާމުއިފުޅިއެއް 200 ރުފިޔާއަށެވެ. ޝުބާސް ޙިޖާމާ އެންޑް ހާބަލް ކްލިނިކްގެ ފޭސްބުކް ޕޭޖް އަދި ވައިބާ ކޮމިއުނިޓީގެ އިތުރުން 7477576 ނަންބަރަށް ގުޅައިގެން ލޯމިއާ މާމުޔާއި އެތަނުން ވިއްކާ އެހެން އުފެއްދުންތަކުގެ މައުލޫމާތު ހޯދައިލެވޭނެއެވެ.

ޝުބާ ތައްޔާރުކުރާ ބޭސްމާމުއިގެ ވައްތަރުތައް މިހާރު އަތޮޅުތަކުގެ ރަށްތަކުންވެސް ލިބެން ހުންނާނެ އެވެ. ޝުބާސް ހިޖާމާ ކްލިނިކް ހުންނާނީ ކާމިނީމަގުގައި ހުންނަ މ.މަސްތަކާގޭގެ އެންމެ ތިރީބައިގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު