އަލަށް ޕޮޒިޓިވްވީ 25 މީހުން، ރަނގަޅުވީ 48 މީހުން

މިއަދު ރާއްޖެއިން ކޮވިޑަށް19އަށް 25 މީހަކު ޕޮޒިޓިވްވެ، 48 މީހަކު ރަނގަޅުވެއްޖެ އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، އެއް ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 24 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު 1،470 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 16 ދިވެހިންނާއި ނުވަ ބިދޭސީން އެވެ.

މާލެ ސަރަހައްދުން 16 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ނުވަ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،616 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 48 މީހުންނާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 10،733 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 839 އެވެ. އޭގެ ތެރެއިން 55 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 269 މީހުންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 37 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް