ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ރާއްޖޭގައި

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ އާއި އޭނާގެ ފިރިމީހާ---

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނަހްވާލް، 30، އާއި އޭނާގެ ފިރިމީހާ ޕަރުޕާލީ ކަޝްޔަޕް، 34، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސައިނާ އާއި އޭނާގެ ފިރިމީހާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދަނީ ތާޖް އެގްޒޯޓިކާ ރިސޯޓުގަ އެވެ. ދެމަފިރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާއިރު ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް އަންނަނީ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ފިލްމުގައި ސައިނާގެ ރޯލު ކުޅޭނީ ބަތަލާ ޕަރިނީތީ ޗޯޕްޅާއެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރުތެރޭކަމަށް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް