އުނގޫފާރުން ޕޮޒިޓިްވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓުކުރި އިރު ނެގެޓިވް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް --

ރ އުނގޫފާރުގައި ކޮވިޑު19 އަށް ޓެސްޓު ކުރުމަށް ނެގި ރެންޑޮމް ސާމްޕަލެއް ޕޮޒިޓިވްވި ނަމަވެސް ޕޮޒިތިވްވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓު ކުރުމަށްފަހު އޭނާ ބައްޔަށް ނެގެޓިވްވެފައިވާކަމަށް ކަނޑައަޅައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނީ އުނގޫފާރުގައި ޕޮޒިޓިވްވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓް ކުރުމަށްފަހު ނެގެޓިވް ކަމަށް ވަ ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް ހަދާ ރިސޯޓު ތަރައްގީ ކުރަމުންދާ ރަށެއް ކަމަށްވާ ރ.ކުޑަކުރަތުން އުނގޫފާރަށް މީހުން ގޮސްފައިވާތީ، އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

ކުޑަކުރަތުގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 24 ރިސޯޓެއްގައި 30 ފަތުުރުވެރިއަކާ 83 ސްޓާފަކު މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.

ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަވައިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިން ހާލަތުގައި ކަމަށްވެސް އެޗްއީއޯސީ އިން ބުންޏެވެ.

އުނގޫފާރަކީ ރ. އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.

އެޗްއީއޯސީ އިން މީގެ ކުރިން ބުނެފައިވަނީ ހާއްސަ ހުއްދައިގެ ދަށުން އުނގޫފާރަށް ސިއްހީ ކަންކަމުގައި ދެވޭނެ ކަމަށެވެ.

comment ކޮމެންޓް