ޓްރަމަޕްގެ ކޭމްޕޭން ވެބްސައިޓް ހެކްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބަށް ކެމްޕޭންއަށް ބޭނުންކުރައްވަމުން ގެންދަވާ ރަސްމީ ވެބްސައިޓް "ޑޮނަލްޑްޖޭޓްރަމްޕް ޑޮޓް ކޮމް" ހެކްކޮށްފި އެވެ.

"ދުނިޔޭގައި ފޭކް ނިއުސް ފަތުރާތީ މިހާރު ކެތް ވާވަރެއް ނޫން" ޓްރަމްޕްގެ ވެބްސައިޓް ހެކްކުރުމުމަށް ފަހު އެ ވެބްސައިޓްގައި މަދު ވަގުތުކޮޅަކަށް ފެންނަން ހުރި ލިޔުމެއްގައި ބުނެފައިވެ އެވެ.

ޓްރަމްޕްގެ އިލެކްޝަން ޓީމުން ބުނީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ހެކް ކުރުމަށް ފަހު، ލިޔެފައި ހުރި ލިޔުމެއްގައި އިތުރަށް ބުނީ ކޮރޯނާ ވައިރަސް އުފެއްދުމުގައި އެމެރިކާ ސަރުކާރުގެ އަތެއްވާ ކަަމަށެވެ. އަދި އެ މައުލޫމާތު ބޭނުން ނަމަ ކްރިޕްޓޯ ކަރަންސީން ޑޮނޭޓްކުރުމަށް ވެސް ބުނެފައިވެ އެވެ.

އެ ކަަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ ވެބްސައިޓް ހެކްކުރި ނަމަވެސް އެއްވެސް މުހިންމު މައުލޫމާތެއް ހެކަރުންނަށް ލިބިފައިނުވާ ކަމަށެެވެ. އަދި އެފަދަ އެއްވެސް ސިއްރު މައުލޫމާތެއް އެ ވެބްސައިޓްގައި ރައްކާކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވެބްސައިޓް ހެކްކުރި އިރު ނެދެލަންޑްސްގެ ހެކަރަކު މީގެ ހަފްތާއެއްހާ ދުވަސްކުރިން ޓްރަމްޕްގެ ޓުވިޓާ އެކައުންޓަށް އެކްސެސްވި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ އެކައުންޓަށް ވަނީ ޕާސްވާޑް "ގެސް"ކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.-- ބީބީސީ--

comment ކޮމެންޓް