ނާގިންގެ ޓްރިލޮޖީއެއް ހަދަނީ، މިފަހަރުގެ ނާގިން އަކީ ޝްރައްދާ

ނާގިންގެ ޓްރިލޮޖީ ކުޅޭނީ ޝްރައްދާ---

ޕްރޮޑިއުސަރު ނިކިލް ދިވެދީ އުފައްދާ ނާގިންގެ ޓްރިލޮޖީގެ ބަތަލާ އަކަށް ޝްރައްދާ ކަޕޫރު ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނެ އެވެ.

ނާގިން ގެ ޑްރާމާ ސީރީޒެއް މިހާރުވެސް ކަލާޒ ޗެނަލުން ދައްކަމުންދާއިރު ނާގިން އަކީ ހަރުފައަކަށް ބަދަލުވާ އިންސާނުންތަކެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ. މިފަހަރު ނިކިލް ގަސްތުކުރަނީ ނާގިންގެ ޓްރިލޮޖީ އެއް ހެދުމަށެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ނާގިންގެ ޓްރިލޮޖީ އާ ގުޅޭގޮތުން ބަތަލާ ޝްރައްދާ ބުނީ އޮންސްކްރީނުގައި ނާގިންއެއްގެ ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އޭނާ އަކީ ކުޑައިރުން ވެސް ސްރީދޭވީ ކުޅުނު ފިލްމު ދެ ފިލްމުކަމަށްވާ ނަގީނާ އާއި ނިގާހޭ ބެލި މީހެއް ކަމަށެވެ. އަދި ސްރީދޭވީ އެ ރޯލު ކުޅުނު ގޮތް ފެނި އެ ފަދަ ރޯލެއް ކުޅެން އަބަދުވެސް އޭނާ ބޭނުންވާ ކަމަށާއި އައިކޮނިކް ކެރެކްޓާއެއް ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ޝްރައްދާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ ޓައިގާ ޝްރޮފް އާއެކު "ބާގީ 3" އިންނެވެ.

comment ކޮމެންޓް