މާލޭ ސްކޫލަށް ދަރިވަރުން ވަނުމަށް އޮންލައިން ޕްލެޓްފޯމެއް

މިއަދު ތައާރަފުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް

މާލޭސިޓީގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އޮންލައިން ޕްލެޓްފޯމް މިއަދު ތައާރަފުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ ޕްލެޓްފޯމް މެދުވެރިކޮށް ފޯމާ ގުޅޭ ލިޔެކިޔުންތައްވެސް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މާލޭ ސްކްލޫތަކުގައި އޮންލައިން ޕޯޓަލް އެއް ތައާރަފުކުރާއިރު ކޮންމެ ދިރާސީ އާ އަހަރަކާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ވަދެ އަދި ބައެއް ދަރިވަރުން ސްކޫލު ބަދަލުކުރަމުން ގެންދެއެެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން މިއަހަރުގެ މާޗު މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލުތަކުގެ ކިޔެވުން އޮތީ ބަންދުކޮށްފައެވެ. ޖުލައި މަހުގެ ތެރޭ ކިޔެވުން ފެށިނަމަވެސް ސްކޫލުތަކަށް ކުދިން ގޮސް ހޭދަކުރަނީ މަދު ވަގުތުކޮޅެކެވެ. ސިލަބަސް ފުރިހަމަ ކުރުމަށް ކޮންމެ ދުވަހަކުވެސް ގޫގުލް ކްލާސްތަކާއި ޓެލި ކްލާސްތައް ކުރިއަށްދެ އެވެ.

ކޮވިޑާ ގުޅިގެން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތައްވެސް ވަނީ ފަސްކޮށްފަ އެވެ.

comment ކޮމެންޓް