މާފުށީގައި ހުރި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް -- ފޮޓޯ: ޓްވިޓާ

ކ.މާފުށީގައި ހުރި ފަތުރުވެރިއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މާފުށީ ކައުންސިލްގެ ނާއިބު ރައީސް ނަޝީދާ އާދަމް "ސަން"އށް މިއަދު ވިދާޅުވީ އެރަށުގައި ޗުއްޓީ ހޭދަކުރަމުންދާ ދެމަފިރިންގެ ތެރެއިން އެކަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަމެއް ނުބުނެ އެވެ.

އެ ދެ މީހުންވެސް މިހާރު ތިބީ ގެސްޓް ހައުސްގެ އައިސޮލޭޝަން ކޮޓަރިއެއްގައި ކަަމަށްވެސް ނަޝީދާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އައުން މަނާކޮށްފައި އޮތުމަށްފަހު އަލުން ފަތުރުވެރިންނަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

މިދިޔަ މަހު 10ގެ ފަހުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވާކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 11،567 މީހުން ފެނިފައިވާއިރު ބަލީގައި 37 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް