އާމްދަނީގެ ގޮތުގައި މިހާތަނަށް 11 ބިލިއަން ރުފިޔާ

އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދު 20 ބިލިއަނަށް އަރަ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ 77 ޕަސެންޓަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީ އަދީ ޖުމްލަ އާމްދަނީގެ 23 ޕަސެންޓެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 8.4 ބިލިއަން ރުފިޔާ ލިބުނުއިރު ނަން ޓެކްސް ރެވެނިއުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 107 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މި އަހަރުގެ މިހާތަނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 7.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ލޯނު ދެއްކުމަށް 793.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

comment ކޮމެންޓް