އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގެންނެވުމުން މިނިސްޓަރު އަބްދުﷲ ޝާހިދު އެއާޕޯޓުން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެމެރިކާގެ ފޮރިން ސެކްރެޓަރީ މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

ޕޮމްޕެއޯ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފޮމްޕެއޯއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގެންނެވުމުން މިނިސްޓަރު އަބްދުﷲ ޝާހިދު އެއާޕޯޓުން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

މީގެ ކުރިންވެސް ފޮރިން މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯ ވަނީ ބައްދަލުވެވަޑައިގެންފަ އެވެ. ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ 19 ފެބްރުއަރީ 2019ގައި އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވައިފަ އެވެ.

އެމެރިކާގެ ފޮރިން ސެކްރެޓަރީ ޕޮމްޕޭއޯގެ ފްލައިޓް ވީއައިއޭގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

comment ކޮމެންޓް