އޮޑިޓް އޮފީހަށް 80.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފި

އޮޑިޓް އޮފީހުގެ ވެރިން މަޖިލިސް ކޮމިޓީއަކަށް ވަޑައިގަންނަވަނީ: އެ އޮފީހަށް 80.7 މިލިއަން ދިނުމަށް ވަނީ ފާސްކޮށްފައި --- ފޮޓޯ/ މަޖިލިސް

އޮޑިޓް އޮފީހަށް އަންނަ އަހަރު 80.7 މިލިއަން ރުފިޔާގެ ބަޖެޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. މިއީ މިއަހަރު އެ އޮފީހުގެ ބަޖެޓާ އަޅާ ބަލާއިރު، 33.8 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ.

މިއީ އޮޑިޓް އޮފީހަށް މިހާ ބޮޑު ބަޖެޓެއް ދިން ފުރަތަމަ ފަަހަރެވެ. މިއަހަރުގެ އެ އޮފީހުގެ ބަޖެޓުގެ އަދަދަކީ، 47.9 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް އޮޑިޓް އޮފީހުން ހުށަހަޅީ، 104.8 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް ކޮމިޓިން ފާސްކުރީ، 23 މިލިއަން ރުފިޔާ އުނިކޮށް ބަޖެޓް ފާސްކުރުމަށެވެ.

ކޮމިޓީން ފާސްކޮށްއިވާ ބަޖެޓްގައިވާ ގޮތުން ރިކަރެންޓް ހަރަދާއި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 25 މިލިއަން ވަނީ ކަނޑައަޅާފަ އެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓްގައިވާ ގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 795،000 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ، 61،250 އެވެ.

ކޮމިޓީން ފާސް ކުރި ބަޖެޓް މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލްކޮށްފަ އެވެ.

comment ކޮމެންޓް