ލުފްތަންސާ އިން ރާއްޖެއަށް ދަތުރު ފަށައިފި

ލުފްތަންސާގެ ފްލައިޓުތަކެއް--

ލުފްތަންސާ އިން މާލެ އާއި ޖަރުމަނުގެ ފްރޭންކްފާޓް އާއި ދެމެދު ދަތުރުތައް ފަށައިފި އެވެ.

ލުފްތަންސާ އިން މިއަދު މާލެ-ޖަރުމަނު ދަތުުރުތައް ފެށިއިރު، ހަފްތާއަކު ދެ ދަތުރު ބާއްވާނެއެވެެ. އެއީ ބުދަ އަދި އާދިއްތަ ދުވަހު އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދަތުުރުތައް ބޭއްވި އެވެ.

ލުފްތަންސާ އިން އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށްވެސް ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމާފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އަންނައިރު 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓު ނަތީޖާ ބޭނުންވެ އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރުތައް ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ބޮޑެތި ގިނަ އެއާލައިނުތަކުން ރާއްޖެއަށް ދަތުރު ފަށާއިރު، މިހާރުވެސް ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރު ބާއްވަމުންނެވެ.

comment ކޮމެންޓް