ޑުރަގާއެކު އަތުލައިގަތް އީރާން ބޯޓު އޮޅުވާލައިގެން ބޭނުންކުރި މައްސަލަ ބަލަނީ

މަސްތުވާތަކެއްޗާއެކު އެތުލައިގަތް އީރާން ބޯޓު: އެ ބޯޓު މިހާރު ހަދަމުން ދަނީ ސަފާރީއަކަށް --- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ އަހަރު ތެރޭ މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓު ފެތުނު ކަމަށް ބުނެ އޮޅުވާލައިގެން ބޭނުންކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އއ. ހިމަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން އެ ބޯޓު އަތުލައިގަތީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.

ފުލުހުން ބުނީ އެ ބޯޓުގައި ތިބި މީހުން ޑީޕޯޓުކޮށްލުމާ ގުޅިގެން އެ ބޯޓު ރާއްޖެއިން ފޮނުވާލުމަށްޓަކައި އޭޖެންޓަކާ ހަވާލުކޮށްގެން ގެންދަނިކޮށް ބޯޓު ފެތުނު ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އޭރު އެ ބޯޓުގެ އޭޖެންޓްކަން ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މިފަހުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"މި ބޯޓު މިހާރު ހިންމަފުށީގައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާތީ އެކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިގެންދަނީ އަޅަމުން،" ފުލުހުން ބުނެފައިވެ އެވެ.

https://sun.mv/144816

comment ކޮމެންޓް