ޕޮމްޕޭއޯގެ ދަތުރުގައި އިންޑިއާ އާއި އެމެރިކާ އިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕޮމްޕޭއޯ އިންޑިއާގައި--

އިންޑިއާއާއި އެމެރިކާއިން ދިފާއީ އެއްބަސްބުމެއްގައި ސޮއިކޮށްފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ މިއަދު ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ.

ޕޮމްޕޭއޯ އިންޑިއާއަށް މި ވަޑައިގެންނެވީ ޗައިނާ އާއި އިންޑިއާއާ ދެމެދު މިިއިން ޒަމާނަކު ދެ ގައުމުގެ ގުޅުން ގޯސްނުވާހާ ވަރަށް ގުޅުން ގޯސްވެފައިވަނިކޮށެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ޑިފެންސް ސެކެޓްރީ މާކް އެސްޕާ އަދި އިންޑިއާގެ ޑިފެންސް ސެކެޓްރީ ރަޖްނަތު ސިންގު ވަނީ އެ އެއްބަސްވުމުގައި ސޮއިކުރެއްވިކަން ހާމަކުރައްވައިފަ އެވެ.

އެ އެއްބަސްވުގެ ދަށުން ދެގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމާއި ދިފާއީ ކަންކަމާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ދިފާއީ ގޮތުން އޮންނަ ގުޅުން. އެއީ ދެ ގައުމުން ގަބޫލުކުރާ އުސޫލުތަކާއި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާ އެކު ބޭނުން ވަނީ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދެއް. ހާއްސަކޮށް މި ދަނޑިވަޅަކީ ޗައިނާގެ އުނދަގޫ ވަރަށް ބޮޑަށް ބޮޑުވެފައިވާ ދަނޑިވަޅެެއް،" މާކް އެސްޕާ ވިދާޅުވި އެވެ.

އިންޑިއާ އަދި އެމެރިކާ ގުޅިގެން އަންނަ މަހު ކަނޑުމަތީގެ އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެެ. އެ ފަރިތަކުންތަކުގައި ޖަޕާން އަދި އޮސްޓްރޭލިއާ ވެސް ބައިވެރިވާނެ އެވެ.--ސީއެންއެން

comment ކޮމެންޓް