ސައިފްގެ "ދިއްލީ" ޖަނަވަރީ މަހު ދައްކަނީ

އެކްޓަރު ސައިފް އަލީ ޚާން---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ވެބް ސީރީޒް "ދިއްލީ" އަންނަ ޖަނަވަރީ މަހު ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާޒް ޒަފަރު ޑައިރެކްޓްކޮށްފައިވާ އެ ވެބް ސީރީޒް ދައްކާނީ އެމެޒޯން ޕްރައިމް އިންނެވެ. މި ސީރީޒްގެ ޝޫޓިން ވަނީ މިދިޔަ އަހަރު އެއްކޮށް ނިންމާލައިފަ އެވެ. ޕޮލިޓިކަލް ތްރިލާ ޖޯންރާއަކަށް މި ސީރީޒް ގެނެސްދޭއިރު ދިއްލީ ރިލީޒްކުރާ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. މިއީ ޒަފަރު އާއި ސައިފް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސްމެ އެވެ.

ދިއްލީގައި ސައިފް ކުޅޭނީ ވަރުގަދަ ސިޔާސީ މީހެއްގެ ރޯލެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމަށް އަންނަން މަސައްކަތްކުރާ ނުފޫޒުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގައި ސައިފް މީގެން ފެނިގެންދާއިރު ސައިފް ބުނީ މި ކެރެކްޓާއަކީ ޗަނަކިއާ ފަދަ މަޝްހޫރު ކެރެކްޓާއެއްގެ ރޯލެއްކަމަށެވެ.

އެކްޓަރު ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ހޮޓްސްޓާގައި ރިލީޒްކުރި "ދިލް ބޭޗާރާ" އިންނެވެ. އޭގެ އިތުރުން އޭނާގެ ދެ ފިލްމެއް މިއަހަރު ވަނީ ރިލީޒްވެފަ އެވެ. އެއީ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި "ޖަވާނި ޖާނެމަން" އެވެ.

comment ކޮމެންޓް