ބަތަލާ މަންދިރާ ބޭދީ އަންހެން ކުއްޖަކު އެޑޮޕްޓްކޮށްފި

މަންދިރާ ބޭދީގެ ފިރިމީހާ އާއި ދެމަފިރިހެންގެ ފިރިހެން ދަރިފުޅު ވީރް އަދި ދެމަފިރިން އެޑޮޕްޓްކުރި ދަރިފުޅު ތާރާ----

ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ މަންދިރާ ބޭދީ، 48، އަންހެން ކުއްޖަކު އެޑޮޕްޓްކޮށްފި އެވެ.

ނުވަ އަހަރުގެ ފިރިހެން ދަރިއެއްވެސް ހުންނަ މަންދިރާ އެޑޮޕްޓް ކުރީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. މަންދިރާ އާއި އޭނާގެ ފިރިމީހާ ރާޖް ކޯޝަލް އެ އަންހެން ކުއްޖާއަށް ދިން ނަމަކީ ތާރާ ބޭދީ ކޯޝަލް އެވެ. އެ ކުއްޖާ އެޑޮޕްޓްކޮށްފައި ވަނީ މިދިޔަ ޖުލައި މަހު 28 ގަ އެވެ.

އާއިލާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން މަންދިރާ ބުނީ ތާރާ އަށް މަރުހަބާ ކިއީ ހެޔޮހިތުން ކަމަށާއި ތާރާ ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ. އަދި ތާރާ އާއެކު އެ އާއިލާ ފުރިހަމަވެއްޖެ ކަމަށް ވެސް މަންދިރާ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ބޭރުގެ މީޑީއާތަކަށް ދިން އިންޓަވިއުއެއްގައި މަންދިރާ ބުނީ ދަރިއަކު ބޭނުންވެގެން އެޑޮޕްޝަންގެ ފޯމު ފުރުމަށް ފަހު ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ފިރިމީހާ އާއި ދަރިފުޅު ވީރް ބޭނުން ވަނީ އާއިލާއަށް އަންހެން ކުއްޖެއްކަމަށާއި ވީރް ވެސް އަންހެއް ކޮއްކޮ އެއް ބޭނުންވެގެން އުޅޭ ކަމަށެވެ.

މަންދިރާ އާއި އޭނާގެ ފިރިމީހާ ރާޖް ކައިވެނިކުރީ 1999 ވަނަ އަހަރު އެވެ. އެދެމަފިރިންނަށް ވީރް ލިބުނީ 2011 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް