ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 27 މީހުން

ކޮވިޑް 19 އަށް މިއަދު 27 މީހުން ޕޮޒިޓިވް ވެއްޖެއެެވެ.

އެޗްއީއޯސީއިން ހާމަކުރި ތަފާސްހިސާބުތަށް ދައްކާގޮތުން މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 20 މީހުންނާއި އެކި ރަށްރަށުން ހަތް މީހުންނެވެ. މިއަދު 27 މީހުން ޕޮޒިޓިވް ވެފައިވަނީ 1301 ސާމްޕަލްގެ ތެރެއިންނެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދަކީ 11532 އެވެ. އޭގެ ތެރެއިން 10563 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 37 މީހަކުވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް