ނެހާ ގެ ކައިވެނީގެ ފޮޓޯތައް މިހުރީ

ނެހާ އާއި ރޯހަންޕްރީތު--

މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއި ރޯހަންޕްރީތު ސިންހް ކައިވެނިކުރި ދެތަރިންގެ ކައިވެނީގެ ފޮޓޯތައް އާންމުކޮށްފި އެވެ.

އިއްޔެ އިންސްޓަގްރާމްގައި ނެހާ ކުރި ޕޯސްޓެއްގައި ވަނީ އޭނާ އާއި ރޯހަންގެ ކައިވެނީގެ ފޮޓޯތައް ދައްކާލައިފަ އެވެ. ކައިވެނީގެ މާހައުލު ރަތް ކުލައިން ޖަރީކޮށްފައިވާއިރު ރޯހަން އާއި ނެހާ ލައިގެން ހުރި ހެދުން ވެސް ހުރީ ރަތްކުލައިއިން ޖަރީކޮށްފަ އެވެ.

ދިއްލީގައި ދެތަރިންގެ ކައިވެނި ހަފްލާ ބޭއްވިއިރު އެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. ޕަންޖާބަށް ނިސްބަތްވާ ރޯހަން އާއި ނެހާ ކައިވެނި ހަފްލާ ވަރަށް ފޯރިގަދަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރުމަށްފަހު މަހެއްނުވަނީސް ދެމީހުން ކައިވެނިކުރިއިރު ނޭހާ އާއި ރޯހަންޕްރީތު އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ނޭހޫ ދާ ވިއާ" ވެސް ވަނީ މި މަހު ދައްކާލާފަ އެވެ.

comment ކޮމެންޓް