އިސްލާމްދީނަށް ފުރައްސާރަކުރާ ކޮންޓެންޓް ފޭސްބުކުން ނަގަން އިމްރާން ޚާން ގޮވާލައްވައިފި

ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން--

އިސްލާމްދީނަށް ފުރައްސާރަކުރާ ކޮންޓެކްޓް ފޭސްބުކްއިން ނަގަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވައިފި އެވެ.

ދާދި ފަހުން ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ޓީޗަރު ސެމުއަލް ކެޓީ މަރާލުމާ ގުޅިގެން އެގައުމުގެ ރައީސް އިމާނުއަލް މެކްރޮން ދެއްކެވި ވާހަކަތަކާ ގުޅިގެން ޕާކިސްތާނުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެ މައްސަލާގައި ޕާކިސްތާނުން ފްރާންސްގެ އެމްބެސެޑަރު ހާޒިރުކޮށް ވަނީ ސުވާލު ވެސް ކޮށްފަ އެވެ.

ޚާން ޓުވިޓާގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތަކުން މުސްލިމުން ހައްދު ފަހަނައަޅައ ދިއުމަށް މަގުފަހިވާ ކަމަށެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގި ގަތުލް އާންމު ހިނގިކަމާ ދެކޮޅަށް ލިޔާ ކިޔުންތައް ފޭސްބުކުން ބްލޮކްކުރާ ގޮތަށް އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔާ ލިޔުންތައް ވެސް ބްލޮކްކުރަން ޚާން ވަނީ ގޮވާލައްވައިފަ އެވެެ.

ޚާންގެ ވާހަކަތަކާ ގުޅިގެން ފޭސްބުކްގެ ތަރުޖަމާނު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެއްވެސް ބާބަތެއްގެ ނަފްރަތު އުފެދޭ ވާހަކަތަކާއި ވަކި ދީނަކަށް ވަކި ނަސްލަކަށް ބަދުބަސް ބުނާގޮތަށް ދައްކާ ވާހަކަތަކަށް ފޭސްބުކުން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި އެކަން ފޭސްބުކަށް އެނގުނުހާ އަވަހަަކަށް އެފަދަ ލިޔުންތައް ނަގާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ---ރޮއިޓާސް--

comment ކޮމެންޓް