އުނގޫފާރަށް އަރާ ފޭބުން މަނާކޮށްފި

އުނގޫފާރު--

ރެންޑޮމް ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެން ރ. އުގޫފާރަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެޗްއީއޯސީއިން ބުނީ ޕޮޒިޓިވް ކޭސްއެއް ފެނުމުން އުނގޫފާރު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އިތުރު ތަފްސީލް މިރޭ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ކަމަށް ބުންޏެވެ.

މިއަދު އެރަށުގައި ނެގި ރެންޑޮމް ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ކައުންސިލުން ބުނީ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.

އުނގޫފާރަކީ ރ. އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.

comment ކޮމެންޓް