ބްރޫނާއީގެ ރަސްގެފާނުގެ ދަރިކަލުން 38 އަހަރުގައި އަވަހާރަވެއްޖެ

ބްރޫނާއީގެ ރަސްގެފާނުގެ ދަރިކަލުން ޕްރިންސް އަޒީމް--

ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިއާގެ ދަރިކަލުން ޕްރިންސް އަޒީމް 38 އަހަރުގައި އަވަހާރަވެއްޖެ އެވެ.

އޭނާ އަަވަހާރަވިކަން ބްރޫނާއީގެ ސަރުކާރުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އަވަހާރަވި ސަބަބު ހާމައެއް ނުކުރެ އެވެ.

އަޒީމްގެ ޖަނާޒާ މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފަ އެވެ. އެއާއެކު ހަތް ދުވަސް އޭނާގެ މައްޗަށް ހިތާމަ ފާޅުކުރާ ގޮތަށް ވަނީ ބްރޫނާއީގައި އިއުލާންކޮށްފަ އެވެ.

އިސްލާމީ އުސޫލުތަކުގައި ވަަރަށް ބޮޑަށް ހިފަހައްޓާ ގައުމަކަށް ބްރޫނާއީވިޔަސް ޕްރިންސް އަޒީމް ބޮޑަށް މަޝްހޫރުވެފައި ވަނީ ހޮލީވުޑާ ޕާޓީކުރުމުގައި މަޝްހޫރު ފަރާތެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ޕްރޮޑިއުސްކޮށްފަ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ނެރުނު "ޔޫ އާ ނޮޓް ޔޫ" ހިމެނެ އެވެ.

އޭނާ ވަނީ ބޭވޮޗް ސީރީސްއިން މަޝްހޫރުވި ޕަމޭލާ އެންޑަސަންއާއި ލަވަކިޔުންތެރިޔާ މަރާޔާ ކެރީ ފަދަ ފަންނާނުންނަށް ބޮޑެތި ޕާޓީތައް ބާއްވަދީފަ އެވެ.

ބްރޫނާއީގެ އަވަށްޓެރި ގައުމުތަކުގެ ލީޑަރުން ވަނީ ޕްރިންސް އަޒީމްގެ އާއިލާއަށް ތައުޒިޔާ ކިޔައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު