ސަބްރީނާގެ ފަހު ބައި ޑިސެމްބަރު މަހު ދައްކަނީ

ދެހާސް އަށާރަވަނަ އަހަރު ދައްކަން ފެށި ނެޓްފްލިކްސް ސީރީޒް "ޗިލިންގް އެޑްވެންޗާ އޮފް ސަބްރީނާ"ގެ ހަތަރުވަނަ ބައިގެ ޓީޒާ ދައްކާލައި އެ ބައި ދައްކާ ތާރީހު ހާމަކޮށްފި އެވެ.

ހޮރޯ ފިކްޝަން ޖޯންރާއަށް ތައްޔާރުކޮށްގެން ގެނެސްދޭ ސަބްރީނާގެ ހަތަރު ވަނަ ބަޔަކީ މި ސީރީޒްގެ އެންމެ ފަހު ބައިވެސްމެ އެވެ. އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރާ ސަބްރީނާގެ ކުރީ ތިން ބަޔަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މިއަހަރު ޖަނަވަރީ މަހު ސަބްރީނާގެ ތިން ވަނަ ބައި ވަނީ އައިސްފަ އެވެ. ޕާޓް ހަތަރެއްގައި ޖުމްލަ އަށް އެޕިސޯޑު ހިމެނޭނެ އެވެ. މި ސީރީޒް އަކީ ހާފް ހިއުމަން ހާފް ވިޗުގެ ސިފަތައް ލިބިފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ.

comment ކޮމެންޓް