އުނގޫފާރުގައި ނެގި ރެންޑޮމް ސާމްޕަލެއް ޕޮޒިޓިވްވެއްޖެ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް --

ރ އުނގޫފާރުގައި މިއަދު ނެގި ރެންޑޮމް ސާމްޕަލެއް ޕޮސިޓިވްވެއްޖެ އެވެ.

މިއަދު އެރަށުގައި ނެގި ރެންޑޮމް ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ކައުންސިލުން ބުނީ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ކޭސްއެއް އުޅޭ ނަމަ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ. ޕޮޒިޓިވް ކޭސްއެއް ފެންނަ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމަކީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ކުރަން ޖެހޭ ކަމެކެވެ.

އުނގޫފާރަކީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަން ދެ އެވެ.

comment ކޮމެންޓް