މަންދޫގައި ސިޓީ ހޮޓަލެއް ހުޅުވަނީ

މަންދޫގައި ތަރައްގީކޮށްފައިވާ ފިޔަވަޅު ސިޓީ ހޮޓާ -- ފޮޓޯ: ފިޔަވަޅު

އދ. މަންދޫގައި ތަރައްގީކޮށްފައިވާ ސިޓީ ހޮޓާ "ފިޔަވަޅު މޯލްޑިވްސް" އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ.

ގާތްގަނޑަކަށް 500 އެއްހައި މީހުންގެ އާބާދީ އެއް އޮންނަ މަންދޫގައި ގާއިމްކޮށްފައިވާ ސިޓީ ހޮޓާ ގާއިމްކޮށްފައިވަނީ އެރަށުގެ އިރު ދެކުނު ސަރަހައްދުގަ އެވެ.

ފިޔަވަޅު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ދިރިއުޅުން ތަޖުރިބާ ކޮށްލެވޭނެ އެވެ. މި ސިޓީ ހޮޓަލުގައި ފަސް ކެޓަގަރީއެއްގެ 44 ކޮޓަރި ހުންނާނެ އެވެ.

މަންދޫގައި ތަރައްގީކޮށްފައިވާ ފިޔަވަޅު ސިޓީ ހޮޓާ -- ފޮޓޯ: ފިޔަވަޅު

އޭގެ ތެރޭގައި 12 ގާޑެންވިލާ، 12 ޑިލަކްސް ގާޑެން ވިލާ، ނުވަ ބީޗްވިލާ އަދި ހަތަރު ޑިލަކްސް ބީޗްވިލާގެ އިތުރުން ފަސް ޕޫލް ވިލާ އާއި ދެ ފެމެލީ ވިލާސް ހުންނާނެ އެވެ.

މި ސިޓީ ހޮޓަލުގެ މެއިން ރެސްޓޯރެންޓް "ކޮވެލި" ގެ އިތުރުން "ރިޔާ ކެފޭ" ގެ ނަމުގައި ޕޫލް ކެފޭ އެއްވެސް ހުންނާނެ އެވެ.

އދ. މަންދޫ -- ފޮޓޯ: ފިޔަވަޅު

ފިޔަވަޅު މޯލްޑިވްސް އަށް ޗުއްޓީ ހޭދަކުރަންދާ ފަތުރުވެރިންނަށް މަންދޫގެ ރައްޔިތުންގެ ދިރިއުލުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުގެ އިތުރުން އެކްސްކާޝަންގެ ގިނަ ފުރުސަތުތައް އޮންނާނެ އެވެ.

comment ކޮމެންޓް