ރާއްޖޭގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭން ފަށަނީ

މޯލްޑިވިއަންގެ ސީޕްލޭން ކޮޗިންގައި -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭން އޮޕަރޭޝަންގެ ހިދުުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ގުޖުރާތުގެ ކެެވާދިޔާ އާއި އަހުމަދުއާބާދާ ދެމެދު ސީޕްލޭންގެ ހިދުމަތް ފަށާނީ މިމަހުގެ 31 ގައި ކަމަށެވެ.

މި ހިދުމަތް ފައްޓަވައިދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު މި ހިދުމަތް ފަށާއިރު އައިލެންޑް އޭވިއޭޝަނުން ސްޕައިސް ޖެޓަށް އެއް ސީޕްލޭން ލީޒް ކޮށްފައިވާކަމަށް ހައިކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުގެ ޓެކްނިކަލް ޓީމެއް މިހާރު ވަނީ އިންޑިއާ އަށް ގޮސްފައެވެ. އަދި މޯލްޑިވިއަންގެ ސީޕްލޭނާއި ކްރޫ އިންވެސް މިއަދު އިންޑިއާ އަށް ގޮސްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ސީޕްލޭނާއި ކްރޫ އަހުމަދުއާބާދަށް ދާނީ ކޮޗިން އަދި ގޯއާ ގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ.

ރާއްޖޭގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށާއިރު އިންޑިއާ އިން ވަނީ ދިވެހި ސަރުކާރަށައި މޯލްޑިވިއަން އަށް ޝުކުރު އަދާކޮށްފައެވެ.

ހައިކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މޯލްޑިވިއަންގެ ފްލަިއޓު ލީޒްކޮށްގެން ދުވާލަކު އަށް ދަތުުރު ބާއްވާނެއެވެ. ދަުތުރގެ ޓިކެޓުގެ އަގަކީ 4،800 އިންޑިއަން ރުޕީސް އެވެ.

comment ކޮމެންޓް