ރައްކާތެރި ބޯފެނާ ގުޅޭ ކޯސް ފެން ކުންފުނީގެ 20 މުވައްޒަފަކު ނިންމައިފި

"ޑްރިންކިން ވޯޓާ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން --- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު "ޑްރިންކިން ވޯޓާ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯސްފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފިއެވެ.

މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ބިލްޑިން ގައި ބޭއްވިރަސްމިއްޔާތެއްގައި، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

"ޑްރިންކިން ވޯޓާ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯހަކީ ފެނުގެ ނިޒާމްތައް ހިންގާ ބަލަހައްޓާ ޔުޓިލިޓީ ކުންފުނިތަކުގެ ކަމާ ގުޅޭ ދާއިރާތަކުގެ މުވައްޒަފުން މިކަމަށް އިތުރަށް އަހުލުވެރިކޮށް އަދި މިދާއިރާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމައްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް އެމްޑަބްލިއުއެސްސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ތައާރަފް ކޮށްފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.

މި ކޯސް ހިންގާފައިވަނީ، ނޮވެމްބަރު،15، 2019 އިން މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، މޯލްޑިވްސް އިިިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިންނެވެ.

ކޯހުގައި އެއެމްޑަބްލިއުއެސްސީގެ އޮޕަރޭޓަރުންނާއި ލެބޯޓަރީގައި މަސައްކަތް ކުރާ ޓެކްނީޝަނުން ވަނީ ބައިވެރިވެފައިވެއެވެ.

އެކުންފުނީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ ރަށްތަކުގެ ތެރެއިން ގްރޭޓާ މާލެ ރީޖަން، ކ.މާފުށި، ރ.ދުވާފަރު، ހދ.ކުޅުދުއްފުށި ހިމެނޭގޮތުން ޖުމުލަ 20 އޮޕަރޭޓަރުން މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ މިކުންފުނީގެ އަމާޒަކީ، ކުރިޔައް އޮތްތަނުގައި، ފެނާއި ނަރުދަމާގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ، އެކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މިފަދަ ކޯސްތައް ފުރިހަމަކޮށްފައިވާ، ކަމުގެ ތަޖުރިބާއާއި ތައުލީމީ ގާބިލުކަން ހުރި ފަރާތްތަކަކަށ ހެދުން ކަމަށެވެ.

މި ކޯހުގެ ދެންއޮތް ބެޗުގައި އެ ކުންފުނީގެ އިތުރު މުވައްޒަފުން ބައިވެރިކޮށް ސެޓްފިކެޓް ލެވެލް 4 ގައިވެސް މުވައްޒަފުން ބައިވެރި ކުރުމުގެ މަސައްކަތްތަށް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް