100 އެމްބީޕީއެސްއާ ހަމައަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ހޯރަފުށްޓަށް

ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުށްޓަށް ތައާރަފްކޮށްފި އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ހޯރަފުށީ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވުމަކީ އެ ރަށު ރައްޔިތުންނަށް އިތުރު ފުރިހަމަކަމަކާއެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށެވެ.

ހަމައެއާ އެކު މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހޯރަފުށީގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން އުރީދޫއިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދުގެ ހާލަތާ އެކު އިންޓަނެޓަށް ބަރޯސާވުން އިތުރުވަމުންދާ މި ދަނޑިވަޅުގައި އަަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފެންވަރު ރަނގަޅު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބިގެންދިޔުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން. އެގޮތުން މި އަހަރު ތެރޭގައި މިހާތަނަށް ހަ ރަށަކަށް ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ދެވިފައި." ނިޔާޒު ވިދާޅުވި އެވެ.

މިފަހުން އުރީދޫއިން ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް