ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2020 ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2020 ފަށައިފި އެވެ.

މިއަހަރުގެ ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19އިން ޑިސެމްބަރު 31ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެވެ. މި ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4،000 ރުފިޔާ އެވެ.

މި ޕެކޭޖުގައި ހިމެނޭ ބައިތަކަކީ؛

  • ހިތާނު ކުރާ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް
  • ލެބް ޓެސްޓުތައް
  • އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ބޭސް
  • ޑޭ-ކެއާ ޔުނިޓުގެ އަގުތައް
  • އޮޕަރޭޝަނަށް ފަހު ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް
  • އޮޕަރޭޝަނަށް ފަހު ނާސްތާ
  • ހާއްސަ އަގުތަކުގައި ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕްއިން ބުނީ މިއަހަރުގެ ހިތާނީ ކޭމްޕް އިތުރަށް ފުޅާކުރުމުގެ ގޮތުން ފަސް ޑޮކްޓަރުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އެ ފަސް ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ޝައިލޭޝް އަދިކަރީ، ޑރ. އައިޝަތު އަޒްނާ، ޑރ. މައުމޫން އާސިމް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ، ޑރ. މެހްމަތު އޯޑާ ހިމެނިވަޑައިގަންނަވަ އެވެ.

އިތުރު ޑޮކްޓަރުންނާއެކު މިއަހަރުގެ ހިތާނީ ކޭމްޕް 76 ދުވަހަށް ފުޅާކޮށް، 660 އަށްވުރެ ގިނަ ކުދިންނަށް ވަނީ ޖާގަ ހުޅުވާލާފަ އެވެ.

ހިތާނީ ޕެކޭޖްގެ އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 ގުޅައިގެން ނުވަތަ ވެބްސައިޓް އަށް ޒިޔާރަތްކޮށްގެން އަދި [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް