ގުދުރަތީ މަރެއްކަން ކަށަވަރު ނުވާތީ މަރުވެފައި އޮއްވާ މޫދުން ފެނުނު މިހާގެ ޕޯސްޓްމޯޓަމް ހަދަނީ

މަރުވެފައި އޮއްވާ ފެނުނު މީހާ މޫދުން ނަގައިގެން އެމްބިއުލެންސަށް އަރުވަނީ — ފޮޓޯ/ އެމްވީ ކްރައިސިސް

އައިޖީއެމްއެޗާ ދިމާލުން މޫދުން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރަކީ ގުދުރަތީ މަރެއް ކަން ކަށަވަރު ނުވާތީވެ ޕޯސްޓް މޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

އޭނާގެ ހަށިގަނޑު އައިޖީއެމްއެޗާ ދިމާލުން ފެނުނީ މިއަދު ހެނދުނު 10:40 އެހާކަަންހާއިިރު އެވެ.

އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާގެ ޕޯސްޓްމޯޓަން ހަދަން ނިންމި ކަން ފުލުހުން "ސަން"އަށް ކަށަވަރުކޮށްދެއެވެ.

"ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވާފައި ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

comment ކޮމެންޓް