ގުޅީފަޅު ބޭރުގައި އޮތް ބޯޓަކުން މީހަކު ވެއްޓި ބޯފެޅިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ގުޅީފަޅާ ދިމާ ބޭރުގައި ބަނދަރުކޮށްފައި އޮތް ބޯޓަކުން ބިދޭސީއެއް ވެއްޓި ބޯ ފަޅައިގެން ގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގުޅީފަޅުގައި ބަނދަރުކޮށްފައިވާ ބޯޓެއް ކަމަށްވާ "ވިކްޓޯރިއާ 267" އިން ބިދޭސީއަކު ވެއްޓި ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ މީހާއަށް އަނިޔާވެފައިވާ ކަމަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑު ސްކުއޮޑްރޮންގެ އެހީތެރިކަމާއެކު މިއަދު މެންދުރު 12:10 ހާއިރު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް