އައިފިލް ޓަވަރު ކައިރީގައި މުސްލިމް ދެ އަންހެނެއްގެ ގަޔަށް ވަަޅި ހަރައިފި

ފްރާންސްގެ އައިިފިލް ޓަވަރު--

ފްރާންސްގައި ހުންނަ އައިފިލް ޓަވަރުކައިރީގައި ބުރުގާ އަޅައިގެން ތިބި ދެ މުސްލިމުންގެ ގަޔަށް ވަޅި ހަރައިފި އެވެ.

މުސްލިމުންގެ ގަޔަށް ވަޅި ހެރީ ދެ އަންހެނުންނެވެ. ދެ މީހުންގެ މައްސަލަ މިހާރު ވަނީ އެގައުމުގެ ފުލުހުން ބަލަން ފަށައިފަ އެވެ.

އޭއެފްޕީ ނިއުސް އޭޖެންސީން ބުނީ މުސްލިމް އަންހެނުންގެ ބުރުގާވެސް އިރާލަން އެ ދެ އަންހެނުން މަސައްކަތް ކުރި ކަމަށެވެ. އަދި ނަސްލީ ގޮތުން ދިމާކުރިކަމަށްވެސް ވެއެވެ.

ހަމަލާ ދިން އަންހެނުން ތިބީ ބޮއެގެންވެސް މެއެވެ.

މައްސަލަ ގޯސްވީ އެ ދެ އަންހެނުން ގެންގުޅުނު ކުއްތާއާ ގުޅޭގޮތުން މުސްލިމް އަންހެނުން ވާހަކަ ދެއްކުމުންނެވެ. އަދި އެ ކުއްތާގެ ސަބަބުން ރައްކާތެރިކަން އިހުސާސް ނުވާކަމަށް ބުނުމުންނެވެ.

ވަކި ހިސާބަކުން އެ ޒުވާބު ހޫނުވެ މުސްލިމް ދެ އަންހެންނަށް ވަޅިން ހަމަލާ ދިނީއެވެ. އެ ހާދިސާގައި ޒަހަމްވީ 19 އަދި 40 އަހަރުގެ ދެ އަންހެނުންނެވެ. އޭގެ ތެރެއިން 40 އަހަރުގެ އަންހެން މީހާގެ ފުއްޕާމެއަށް އަސަރުކޮށް ހޮސްޕިިޓަލްގައި ފަރުވާ ދެމުންދާއިރު 19 އަހަރުފެ އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ޒަހަމްވި އަންހެނުން ބުނީ އެ ދެ މީހުންނާ ދިމާލަށް އަރަބިންނަކީ ހަޑި މުޑަދާރުބައެއްކަމަށް ބުނެ އެ މީހުން އެނބުރި ގައުމަށް ދިއުމަށް އެދި ހަޅޭއްލަވައި ހެދި ކަމަށެވެ.

ދެ އަންހެނުން ޒަހަމްކޮށްލި މި ދަނޑަވަޅު ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ޓީޗަރަކު ވަނީ މަރާލައިފަ އެވެ. -- އަލްޖަޒީރާ

comment ކޮމެންޓް