އެއާ ސީޝެލްސް އިން ރާއްޖެ އާއި ސައުތު އެފްރިކާ ގުޅާލަނީ

އެއާ ސީޝެލްސްގެ ފްލައިޓެއް --

އެއާ ސީޝެލްސް އިން ރާއްޖެ އަޢި ސައުތު އެފްރިކާގެ ޖޮހަނަސްބާގް އާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ޓްރެވަލް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ވާގޮތުން ޑިސެމްބަރު މަހުުގެ ހަތަރަކުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް އެ އެއާލައިނުން ޖޮހަނަސްބާގް އާއި މާލެ އާއި ދެމެދު ދަތުރުތައް ބާއްވާނެއެވެ. މިއީ އާހަރާދިމާކޮށް ބާއްވާ ދަތުރުތަކެކެވެ.

ފަތުުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ގިނަ އެއާލައިން ތަކަކުން އަންނަނީ ރާއްޖެ އަށް ދަތުރު ފަށަން ތައްޔާރު ވަމުންނެވެ.

ހަ ހަފްތާގެ މުއްދަތަށް މި ޝެޑިއުލް ދަތުރުތައްބާއްވާއިރު ޖޮހަނަސްބަގް-މާލެ ދަތުުރު އޮންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުއެވެ. މާލެ-ޖޮހަނަސްބާގް ދަތުރު އޮންނާނީ އާދިއްތަ ދުވަހުއެވެ. ދެ ރޫޓުގައިވެސް، ފްލައިޓު ސީޝެލްސްގައި ޓްރާންސިޓް ކުރާނެ އެވެ.

މިއީ ސީޝެލްސް އަށް ދާން ބޭނުން ދިވެހިންނަށްވެސް ލިބޭނެ ފުރުސަތެކެވެ. ސީޝެލްސް އިންވެސް ވަނީ އެ ގައުމުގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފައެވެ.

އެއާ ސީޝެލްސް އިން ދަތުރުކުރާ ފަސިންޖަރުންނަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިން ނަތީޖާ ބޭނުންވާނެ އެވެ. ރާއްޖެ އަންނަ ފަތުުރވެރިންނަށް ބޭނުންވަނީ 96 ގަޑިއިރު ނުވާ ނަތީޖާއެކެވެ.

comment ކޮމެންޓް