ތިން މަސްތެރޭ ޕޯސްޓް މެދުވެރިކޮަށް ގެންނަން އުޅުނު ޑުރަގުގެ އަގު 1.47 މިލިއަން ރުފިޔާއަށް!

އެކި ފަހަރުމަތިން ޕޯސްޓް މެދުވެރިކޮށް އަތުލައިގަތް ޑުރަގު: އަގު 1.47 މިލިއަނަށް އަރާ --- ފޮޓޯ/ ކަސްޓަމްސް

ތިން މަސްތެރޭ ޕޯސްޓް މެެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.47 މިލިއަނަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެތި ފެނިފައިވަނީ މިދިޔަ ޖޫން 18 އިން މިމަހުގެ 13 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލުތައް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ތަފާތު 12 ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު ތަކެއްޗެތީގެ ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން އެ ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 1.47 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައިގަތް ތަކެތީގެ ތަފްސީލު:

  1. ކެޓަމިން - 12 ގްރާމް
  2. އެކްސްޓެސީ - 12 ގްރާމް (42 ގުޅަ)
  3. ކެނަބިސް - 1 ގްރާމް (14 ކެނަބިސް އޮށް)
  4. އެކްސްޓެސީ - 47 ގްރާމް (116 ގުޅަ)
  5. ކޮކޭން - 248 ގްރާމް (ޕައުޑަރު)
  6. އެކްސްޓެސީ - 10 ގްރާމް (ޕައުޑަރު)
  7. ކެނަބިސް - 128 ގްރާމް
  8. އެކްސްޓެސީ - 17 ގްރާމް
  9. އެކްސްޓެސީ - 16 ގްރާމް
  10. ކެނަބިސް - 6 ގްރާމް (1 ދަޅު)
  11. ކޮކޭން - 3 ގްރާމް (3 ޕެކެޓު)
  12. ކޮކޭން - 3 ގްރާމް (3 ޕެކެޓު)

އެންމެ ގިނަ އަތުލައިގެންފައިވަނީ ނެދަލޭންޑް އަދި އިނގިރޭސީވިލާތުން ގެންނަން އުޅުނު މަސްތުވާތަކެއްޗެވެ. އޭގެ އިތުރުން އިތޯޕިއާއިންވެސް ހިމެނެއެވެ.

އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު އެތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް