ރަސްދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި

އއ. ރަސްދޫ: އެރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއޫ ވަނިީ ނިމިފައި ----

އއ. ރަސްދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި އެވެ.

ޖުމްލަ 30 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެެ މަސައްކަތްކޮށްފައި ވަނި އެމްޑަބްލިއުއެސްސީން އެވެ.

އެ ކުންފުނިން ބުނީ، އެ މަޝްރޫރުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މަޝްރޫއު ކޮމިޝަން ކުރުމަށް ޓަކައި ޕްލޭނިން މިނސިްޓްރީ އާއި އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު ރަސްދޫއަށް ވަޑައިގެންފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ބޭފުޅުންނާ އެކު މިއަދު ކޮމިޝަން ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންނެވެ.

އެ މަޝްރޫއުގެ ދަށުން ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 288,6 މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، އެގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިފަ އެވެ.

އޭގެ އިތުރުން، އާރުއޯ ފެސިލިޓީ ބިލްޑިންއެއް ގާއިމް ކޮށް، ފެން އުފެއްދުމަށް ޓަކައި ދެ އާރުއޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށް ޓަކައި 263 ޓަނުގެ ދެ ތާންގީ އާއި އަދި ވާރޭފެން ސާފުކުރުމަށް ޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި ވާރޭފެން ރައްކާކުރުމަށް ޓަކައި 703 ޓަނުގެ އެއް ތާންގީ ވަނީ ބެހެއްޓާފަ އެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައް ވެސް މި މަޝްރޫއޫގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސީން ބުންނެވެ.

އެ މަސައްކަތް ފެއްޓީ 2018 ވަނަ އަހަރުގެ މެދެއްހާތަނުގަ އެވެ.

comment ކޮމެންޓް