ކޮމަންޑޫ ބަނދަރު ހަދާ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 89 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޕޭވްމަންޓް ސަރަހައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ ވެސް ދެބައިކުޅަ އެއްބައި ވަނީ ނިމިފަ އެވެ. އަދި ކާބްލައިން އެޅުމުގެ މަސައްކަތުގެ 79 ޕަސެންޓާއި ފެން ހަމާކުރާ ޓޭންކު ހެދުމުގެ މަސައްކަތުގެ ވެސް 89 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އަލަށް ހަދާ ބަނދަރުގެ ފަޅު އަލުން ފުންކޮށް، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ.

މީގެ އިތުރުން 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލައި، 20 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުން އަދި 1،991 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު މޮބިލައިޒްކުރި މި މަޝްރޫއުގެ އަގަކީ 29.41 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް