ތައިލެންޑްގައި މުޒާހަަރާތައް ހޫނުވެ، އޮންލައިން ޓީވީ ޗެނަލްއެއް ބަންދުކޮށްފި

ތައިލެންޑްގައި ކުރިއަށްދާ މުޒާހަަރާތަކުގެ ތެރެއިން--

ތައިލެންޑްގައި މިހާރު ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެގައުމުގެ އޮންލައިން ޓީވީ ޗެނަލްއެއް ބަންދުކޮށްފި އެވެ.

ބަންދުކޮށްފައި ވަނީ ތައިލެންޑްގެ ސަރުކާރާ ދެކޮޅު ވޮއިސް ޓީވީ އެވެ.

ތައިލެންޑްގެ ޑިޖިޓަލް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ވޮއިސް ޓީވީ އެގައުމުގެ ކޮމްޕިއުޓާ ކްރައިމް އެކްޓާ ހިލާފުވެ ދޮގު މައުލޫމާތުތައް ފަތުރާފައިވާ ކަމަށެވެ.

ތައިލެންޑްގައި ހިނގަމުންދާ މުޒާހަަރާތައް ކަވަރު ކުރަމުންދާ ހަތަރު މީޑިއާގެ ތެރޭގައި ވޮއިސް ޓީވީ ހިމެނޭއިރު އެ ހަަތަރު މީޑިއާގެ މައްސަަލަ ވެސް މިހާރު ދަނީ ބަަލަމުންނެވެ. އެ ޗެނަލްތަކުން ދަނީ މުޒާހަރާތަކުގެ ލައިވް ކަވަރޭޖްތައް ފޭސްބުކް މެދުވެރިކޮށް ގެނެސްދެމުންނެވެ.

ވޮއިސް ޓީވީ ހިންގުމުގައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ އާއިލާއިން ޝާމިލްވެެ އެވެ. ކޮަރަޕްޝަންގެ މައްސަަލަތަކާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގަ އެެވެ.

ވޮއިސް ޓީވީއާ މެދު ފިޔަވަޅު އެޅުމުން ފޮރިން ކޮރަސްޕޯންޑެންޓް އޮފް ތައިލެންޑުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިނިވަން މީޑިއާއަކަށް ޖާގަ ދޭން ވަނީ ގޮވާލައިފަ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް