އުރީދޫ ސުޕަނެޓްގެ ހިދުމަތް ވިލިމާލެއަށް ތައާރަފުކޮށްފި

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ކ. ވިލިމާލެއަށް ތައާރަފުކޮށްފި އެވެ.

މިއާއެކު މިއަދުން ފެށިގެން 100 އެމްބީޕީއެސްއާ ހަމައަށް ވިލިމާލެއަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ލިބިގެންދާނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ދުވަސްވަރަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ކުންފުނިތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމަށެވެ.

އުރީދޫއިން ވަނީ މިފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފަ އެވެ.

މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެ އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީޣެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް