ޓްރީ ޓޮޕް އިން ޕީސީއާރު ޓެސްޓުގެ އަގުހެޔޮކޮށްފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ޕީސީއާރު ޓެސްޓުގެ އަގު ހެޔޮ ކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އަލަށް ގެނައި ބަދަލާއެކު ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،149 ރުފިޔާއަށް ޓެސްޓް ހެދޭނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް 1،199 ރުފިޔާއަށް ޓެސްޓް ހެދޭނެ ކަމަށްވެސް ޓްރީޓޮޕް އިން ވަނީ ބުނެފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރީން ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕީސީއާރު ޓެސްޓް ހެދެނީ 1،399 ރުފިޔާއަށެވެ. އަދި ފަތުރުވެރިންނަށް މީގެކުރީން ޓެސްޓް ހެދެނީ 1،499 ރުފިޔާއަށެވެ.

ޓެސްޓުތަކުގެ އަގު ހެޔޮކޮށްފައިވާއިރު އިތުރު ފަސޭހަތަކެއްވެސް ވަނީ އެ ހޮސްޕިޓަލުން ހަމަޖައްސައިދީފަ އެވެ. އެގޮތުން ޓްރީ ޓޮޕް އިން ވަނީ ޓެސްޓިން ކެޕޭސިޓީވެސް އިތުރުކޮށް ޓެސްޓުތަކުގެ ނަތީޖާ ލިބޭ ވަގުތުވެސް އަވަސްކޮށްފަ އެވެ.

ޓްރީ ޓޮޕް އިން ބުނެފައިވަނީ ޕީސީއާރު ޓެސްޓުގެ ނަތީޖާ މިހާރު 12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ޕްރީމިއަމް ހިދުމަތުގެ ދަށުން، އިމާޖެންސީ ހާލަތެއްގެ ރިޕޯޓު ބޭނުންވާނަމަ އެ ހިދުމަތް ފޯރުކޮށްދޭ ކަމަށްވެސް ޓްރީ ޓޮޕުން ބުނެ އެވެ.

ޕީސީއާރު ޓެސްޓިންނަށް ބުކިން ހެދުމަށްޓަކައި ގުޅާނީ 3351610 އަކަށެވެ.

comment ކޮމެންޓް