މިއަދު ޕޮޒިޓިވް ވީ 39 މީހުން

މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 39 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ 33 ދިވެހީންނާއި 6 ބިދޭސީންނެވެ.

މިއީ އިއްޔެއާ އަޅާ ބަލާއިރު ގިނަ އަދަދެކެވެ. އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 22 މީހުންނެވެ.

އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 11،271 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 10،234 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 993 އެވެ. އެކްޓިވް ކޭސްތައް ރާއްޖޭގެ 21 ރަށަކުންނާއި 18 ރިސޯޓަކުން ފެނިފައިވާއިރު، އެކްޓިވް ކޭސްތަކުގެ ތެރޭގައި 16 ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ 26 މުވައްޒަފުން ވެސް ހިމެނެ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 37 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް